ލ. ގަމުން މީހަކު ކޮވިޑަށް ފައްސި ވެއްޖެ

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ލ.ގަމުގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 43 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ރީޖަނަލް ހޮސްޕިޓަލުން ހާމަ ކޮށްފައިވާ ގޮތުގައި ހޯމް ކަރަންޓީނ...

13 Jan 2021 | 10:38

މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ލ.ގަމުގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 43 އަހަރުގެ އަންހެނަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރީޖަނަލް ހޮސްޕިޓަލުން ހާމަ ކޮށްފައިވާ ގޮތުގައި ހޯމް ކަރަންޓީނުގައި ހުރި އުމުރުން 43 އަހަރުގެ މި އަންހެ މި މީހާ ފައްސިވެފައިވާ ކަން އެނގިފައިވަނީ ކަރަންޓީނު ނިންމާފައި ނެގި ސާމްޕަލްއިންނެވެ.

އަދި މި މީހާއާއެކު ގުޅުން ހުރި އިތުރު ދެ މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި ނަމަވެސް އަދި މި ދެމީހުންގެ ސާމްޕަލް ނަތީޖާ ލިބިފައި ނުވާ ކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

ހޮސްޕިޓަލުން ދުވަހަށް މައުލޫމާތު ދެމުން ބުނީ އިއްޔެ ނެގި 276 ރޭންޑަމް ސާމްޕަލްގެ ތެރެއިން 8 ސާމްޕަލެއްގެ ނަތީޖާ މިހާރު ލިބިފައިވާ ކަމަށާއި އެ 8 ސާމްޕަލްގެ ނަތީޖާވެސް ނެގެޓިވް ވެފައިވާ ކަމަށެވެ.

އަދި އިއްޔެ ލ.ފޮނަދޫން ނެގި 125 ސާމްޕަލްގެ ތެރެއިން 15 ސާމްޕަލެއްގެ ނަތީޖާވެސް މިހާރު ލިބިފައިވާ ކަމަށާއި، މި 15 ސާމްޕަލްގެ ނަތީޖާވެސް ނެގަޓިވް ވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

ގަން މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ ގއ.ދެއްވަދޫން ގަމާ އެއްފަސްކޮށް އޮންނަ ފޮނަދޫއަށް ދަތުރު ކުރި ހަތަރު މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް