ދެއްވަދޫ ކޯވިޑް އެކްޓިވް ކޭސްތަކުގެ އަދަދު 33 އަށް

ގއ. ދެއްވަދޫއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 33 އަށް އަރައިފި އެވެ. ކޯވިޑަށް ބަޔަކު ޕޮސިޓިވްވެ އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެޗްއީއޯސީން ބުނީ އެ ރަށު...

13 Jan 2021 | 08:45

ގއ. ދެއްވަދޫއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 33 އަށް އަރައިފި އެވެ.

ކޯވިޑަށް ބަޔަކު ޕޮސިޓިވްވެ އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެޗްއީއޯސީން ބުނީ އެ ރަށުގައި ބަލި ފެތުރޭތާ ދުވަސް ކޮޅެއް ވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.

ދެއްވަދޫ ކައުންސިލުން މީޑިއާގައި މިއަދު ބުނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް އެ ރަށުން އިތުރު 17 މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އޭގެ ކުރިން 16 މީހަކު ޕޮސިޓިވްވެފައިވެ އެވެ.

މި އެންމެންގެ ހާލު ރަނގަޅެވެ. އެ ރަށުން ޕޮސިޓިވްވި މީހުންގެ ތެރެއިން އުމުރުން 70 އަހަރުގެ މީހަކު ވަނީ ގއ. ވިލިނގިިލީ ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްފައި އެވެ.

ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންގެ ގޮތުގައި އެ ރަށުން 200 އަށްވުރެ ގިނަ މީހުން ވަނީ ދެނެގަނެފައި އެވެ. އަދި އެ ރަށުގެ 56 ގެއެއް ހުރީ ކަރަންޓީންކޮށްފައި އެވެ.

އެ ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މިހާތަނަށް 200 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާ ކަމަށް އެޗްއީއޯސީން ބުނެފައިވެ އެވެ.

ދެއްވަދޫގައި ތިބި ކޯވިޑަށް 33 މީހުންނާއި އެކު އެ ކްލަސްޓާއިން ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 39 އަކަށް އަރާފައި އެވެ. އެ ކްލަސްޓާ އާއި ގުޅުން ހުރި ހަތަރު މީހަކު ލ. ފޮނަދޫ އަދި ދެ މީހަކު ހުޅުމާލޭގައި އެބަ ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް