އާއިލާ މީހަކު މަސައްކަތް ކުރާ ކޯޓުތަކުގައި ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭ ގޮތް ހަދައިފި

ކައިވެނީގެ ގޮތުންނާއި ނަސަބުގެ ގޮތުން އަދި އާއިލީ ގޮތުން ގުޅުން އޮންނަ މީހުން މަސައްކަތް ކުރާ ކޯޓުތަކުގައި ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭ ގޮތް ހަދައިފި އެެވެ. ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސ...

13 Jan 2021 | 08:09

ކައިވެނީގެ ގޮތުންނާއި ނަސަބުގެ ގޮތުން އަދި އާއިލީ ގޮތުން ގުޅުން އޮންނަ މީހުން މަސައްކަތް ކުރާ ކޯޓުތަކުގައި ފަނޑިޔާރުންނަށް މަސައްކަތް ނުކުރެވޭ ގޮތް ހަދައިފި އެެވެ.

ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖޭއެސްސީ) އިން މި އިސްލާހުތައް ގެނެސްފައިވަނީ ފަނޑިޔާރުން އައްޔަން ކުރާނެ ގޮތުގެ ގަވައިދަށެވެ. ދެން އިސްލާހު ގެނެސްފައިވަނީ އަމިއްލައަށް އެދިގެން މަސައްކަތް ކުރަމުން އައި ކޯޓާއި އެއް ދަރަޖައެއްގެ އެހެން ކޯޓަކަށް ބަދަލުވުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދަށެވެ.

ޖޭއެސްސީން ބުނީ އެ ދެ ގަވައިދަށް ގެނައި އިސްލާހާއި އެކު ފަނޑިޔާރު ކަމަށް ކުރިމަތިލާ ކޯޓު ނުވަތަ ބަދަލުވާން އެދިފައިވާ ކޯޓުގައި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައި ބުނާ ފަދަ އާއިލީ ގުޅުން ހުރި މީހަކު މަސައްކަތް ކުރާ ނަމަ، ފަނޑިޔާރަކު އެ ކޯޓަކަށް އައްޔަންކޮށް ނުވަތަ ބަދަލުކޮށްދޭން އެދުނަސް ބަދަލެއް ނުވެވޭނެ އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތައް އައްޔަން ކުރުމުގެ މަރުހަލާގައި މީގެ ފަހުން މިގެނައި އިސްލާހަށް ބަލާނެ ކަމަށެވެ.

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ދަށުން އާއިލީ ގުޅުން ހުރި ކަމަށް ބަލަނީ އަނބިންނާއި ފިރިންނާއި ދަރިންގެ އިތުރުން މައިންބަފައިންނާއި ކާފަ އާއި މާމަގެ އިތުރުން އެއްބަނޑު އެއްބަފާ މީހުންނާއި އެއްބަނޑު މީހުންނާއި އެއްބަފާ މީހުންނާއި ބޮޑުދައިތަ އާއި ބޮޑުބޭބެ އިތުރުން އެއިން މީހެއްގެ ދަރިންނެވެ.

މި ދެ ގަވައިދަށް އިސްލާހު ގެނެސްފައިވަނީ ފަނޑިޔާރުންނާއި ކޯޓުގެ މުވައްޒަފުންނަކީ ނަސަބުގެ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ގުޅުން އޮތް ބަޔަކަށް ވެގެން ނުވާނެ ކަމަށް އެ ކޮމިޝަނަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް