ޕްރިޔަންކާގެ އައު ފިލްމާމެދު ނިކް ޖޯނަސް ދެކޭގޮތް އެނގޭތަ

މި ހިނގާ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ " ދަ ވައިޓް ޓައިގާ" އަކީ މި އަހަރު އެންމެ ހިޓް ވާނެ އެއް ފިލްމް ކަމުގައި ގިނަ ބެލުންތެރިން ދެކެއެވެ. ޕްރިޔަންކާ  ޗޯޕްރާ އަދި ރާޖްކުމާރު ...

13 Jan 2021 | 06:38

މި ހިނގާ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ " ދަ ވައިޓް ޓައިގާ" އަކީ މި އަހަރު އެންމެ ހިޓް ވާނެ އެއް ފިލްމް ކަމުގައި ގިނަ ބެލުންތެރިން ދެކެއެވެ.

ޕްރިޔަންކާ  ޗޯޕްރާ އަދި ރާޖްކުމާރު ރާއޯ ފިލްމުގެ އިސް ރޯލުތައް ކުޅެފައިވާއިރު ޕްރިޔަންކާގެ ފިރިމީހާވެސް މި ވަނމީ ފިލްމާ މެދު ތަޢުރީފުކޮށްފައެވެ. އެގޮތުން ފިލްމުގެ ޓްރެއިލާސް ދައްކާލުމުން ނިކް މި ވަނީ "ތަމްބްސް އަޕް" އެއް ފިލްމަށް ދީފައެވެ.

ނިކް ޖޯނަސް ބުނެފައިވަނީ މި ފިލްމުގައި އޭނާގެ އަންހެނުން ޕްރިޔަންކާ ދައްކުވައިދޭނީ ވަރަށް ތަފާތު އެކްޓިންގް އެއް ކަމުގައެވެ.

އޭގެ އިތުރުން ފިލްމްގެ ޓްރެއިލާ ބެލުމަށް ފަހުގައި ޕްރިޔަންކާގެ ބަފައިބޭވެސް ވަނީ މިކަމާމެދު ޚިޔާލު ފާޅުކޮށްފައެވެ. އޭނާ ބުނެފައިވަނީ ފިލްމް ބަލަން ކެއްމަދުވެފައިވާ ކަމަށެވެ.

ޕްރިޔަންކާވެސް ވަނީ މިކަމާމެދު އުފާ ފާޅުކޮށް އޭނާ ދެކޭގޮތްވެސް ހިއްސާކޮށްފައެވެ. އެގޮތުން އާއިލާއިން އޭނާގެ މަސައްކަތަށް ދޭ އެއްބާރުލުމާމެދު ޕީސީ ހުންނަނީ ވަރަށްވެސް ހިތްހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް