މ. ވޭވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %63 ވަނީ ނިމިފައި ވާއިރު، މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް އެމްޓީސީއިން ހާމަކޮށްފިއެވެ.
2020 ނޮވެމްބަރ23 ގައިވަނީ މި މަސައްކަތުގެ54 އިންސައްތަ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން، 56،925 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި، 5،992 ކިއުބިކް މީޓަރުގެ މިހާރު ބޭނުންކުރަމުންދާ ބަނދަރު ސަރަޙައްދު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 1880 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
48,863,172.9 (ސާޅީސްއަށް މިލިއަން އަށްލައްކަ ފަސްދޮޅަސްތިންހާސް އެއްސަތޭކަ ހަތްދިހަ ދެރުފިޔާ ނުވަދިހަ އަށްލާރި) ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުއަކީމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢު ގައި ސޮއިކުރެވިފައިވަނީ 27 އޯގަސްޓް 2019 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް