ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ. މޫސުން ގޯސްވެ އިއްޔެ އިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ އެލާޓު ނެރެ...

13 Jan 2021 | 05:31

ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި އެވެ.

މޫސުން ގޯސްވެ އިއްޔެ އިން ފެށިގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދަނީ އެލާޓު ނެރެމުންނެވެ. މެޓް އޮފީހުން ލަފާ ކުރާގޮތުގައި މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ އެވެ.

އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ދަތުރަށް ފެށުމުގެ ކުރިން މޫސުމާއި ބެހޭ މައުލޫމާތު ހޯދަން އިލްތިމާސް ކުރާ ކަމަށާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅައި ދަތުރު ނުފެށުމަށް އެދޭ ކަމަށެވެ.

މީގެ އިތުރުން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް އެއްވެސް ހާދިސާއެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.

މިހާރުވެސް މެޓް އޮފީހުން އޮތީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފައި އެވެ. އެ އިދާރާއިން ބުނީ އެ ސަރަހައްދަށް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް