ފަސް މަސް ދުވަހުގެ ތެރޭގައި ރަކީދޫ ބަނދަރު ތަރައްގީ ކުރުމުގެ 75 އިންސައްތަ މަސައްކަތް އިންމާލައިފި

ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %73 މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށާއި ޕޭވްމަންޓް ހެދުމަށް ބޭނުންވާ ކޮނ...

13 Jan 2021 | 04:55

ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %73 މިހާރުވަނީ ނިމިފައި ކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށާއި ޕޭވްމަންޓް ހެދުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް 04 ޖެނުއަރީ 2021 ވަނަ ދުވަހު ނިިންމައި،  ދޯނި އެހެލާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތުގެ %13 ވެސް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުގެ ދަށުން، 5،654 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 164 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 156 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 74 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 429 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މިއީ 18.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

2020 ޖޫން 8 ގައި މޮބިލައިޒް ކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތުގެ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓް ޑިސެމްބަރ 2020 ޑިސެމްބަރ 29ގައި ވަނީ ޕްރޮޖެކްޓް ސައިޓަށް ގެނެވިފައެވެ.

ވ. ރަކީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ފަށާފައި ވަނީ، 2020 އޯގަސްޓް 5 ވަނަ ދުވަހުއެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރ22 ގައި މި މަސައްކަތުގެ 64 އިންސައްތަ ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް