އަދާލަތުގެ އިންތިހާބު އޮންލައިންކޮށް، ބޭނުންވާ ގޮފިތަކަށް ވޯޓު ފޮށި ބެހެއްޓޭނެ

މި މަހު އަދާލަތު ޕާޓިން ބާއްވާ އެ ޕާޓީގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް އެ ޕާޓީން ބުނެފި އެވެ. އަދާލަތު ޕާޓީން މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވ...

13 Jan 2021 | 02:34

މި މަހު އަދާލަތު ޕާޓިން ބާއްވާ އެ ޕާޓީގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިޔަށް ގެންދާނީ އޮންލައިންކޮށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ރައީސާއި ނައިބު ރައީސް އާ ދައުރަކަށް ހޮވުމުގެ އިންތިހާބެވެ. އަސާސި ގަވައިދަށް ގެނައި ބަދަލާއި އެކު މިފަހަރުގެ އިންތިހާބުގައި އަދާލަތުގެ ޕާޓީގެ ރައީސް އާއި ނައިބު ރައީސް ކަމަށް އަންހެނުންނަށް ވާދަ ކުރެވޭނެ އެވެ.

އަދާލަތުން ބުނީ އޮންލައިންކޮށް ވޯޓުލުން ކުރިޔަށް ގެންދިޔަ ނަމަވެސް ވޯޓު ފޮށި ބަހައްޓައިގެން ވޯޓުލުން ކުރިޔަށް ގެންދަން ބޭނުންވާ ގޮފިތަކުގައި އެއިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އެ ޕާޓީން ވަނީ ވޯޓު ފޮށި ބަހައްޓަން ބޭނުންވާ ގޮފިތަކުން ރެޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލާފައި އެވެ.

މި ފުރުސަތު ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ. ފޯމު ފޮނުވަންޖެހެނީ [email protected] އީމެއިލް މެދުވެރިކޮށެވެ.

އަދާލަތު ޕާޓީގެ ރިޔާސީ އިންތިހާބުގައި ވޯޓުލެވޭނޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީވާ މީހުންނަށެވެ. އަދާލަތު ޕާޓީގެ އޮފިޝަލަކު މީޑިއާގައި ވިދާޅުވީ އެ ޕަޓީގެ ދަފްތަރުގައި 7،000 އަށްވުރެ ގިނަ މީހުން އެބަތިި ކަމަށެވެ.

އަދާލަތުން އެންމެ ފަހުން ބޭއްވި އެ ޕާޓީގެ ގޮފިތަކުގެ ރައީސުން ހޮވުމުގެ އިންތިހާބުވެސް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް