މައްކާގައި މީހަކު އޭނާގެ އަންހެނުންގެ ކަރު ބުރިކޮށްލައިފި – ދަރިން ގޮވަމުންދިޔައީ މަންމަ މަރާލީ ބައްޕަ ކަމަށް

މިއީ ސައުދީގެ މައްކާގެ ސިޓީއެއް ކަމުގައިވާ ތާއިފް ގައި މިދިޔަ ބުދަ ދުވަހު ހިނގައި ދިޔަ ހިތާމަވެރި ހާދިސާ އެކެވެ. ފިރިހެނަކު އޭނާގެ ދަރީން ކުރިމަތީގައި އޭނާގެ އަންހެނުން އަދި ދަރީންގެ މަންމަގެ ކަރު ބުރ...

13 Jan 2017 | 04:48

މިއީ ސައުދީގެ މައްކާގެ ސިޓީއެއް ކަމުގައިވާ ތާއިފް ގައި މިދިޔަ ބުދަ ދުވަހު ހިނގައި ދިޔަ ހިތާމަވެރި ހާދިސާ އެކެވެ. ފިރިހެނަކު އޭނާގެ ދަރީން ކުރިމަތީގައި އޭނާގެ އަންހެނުން އަދި ދަރީންގެ މަންމަގެ ކަރު ބުރިކޮށްލި އެވެ. އަދި އަމިއްލައަށް އެކަން ފުލުހުންނަށް ރިޕޯޓް ކުރި އެވެ.

މައްކާ ސަރަހައްދުގެ ފުލުހުންގެ ތަރުޖަމާނު ކާނަލް އަތިބެން އައްތިއާ އަލް ގުރައިޝީ ބުނެފައިވަނީ ފުލުހުންނަށް އެ ފިރިހެން މީހާ ފޯނުކުރީ ބުދަ ދުވަހު ހެނދުނު 10:00 ހާއިރު ކަމަށާއި ޝުހާދާ ނެއިބަރހުޑްގައި ހިންގި މި ޖަރީމާގެ ހަބަރު ލިބުމާއި އެކު ފުލުހުން ސީނަށް އެޓެންޑްވި ކަމަށެވެ. އަދި ފެނުނު މަންޒަރަކީ އޭނާގެ އަންހެނުންގެ ކަރު ބުރިކޮށްލާ މަރާލާފައިވާ މަންޒަރު ކަމަށާއި އޭނާގެ ތިން ދަރިން އޭނާއާއި ދިމާއަށް "މަންމަ މަރާލީ ބައްޕަ" ކަމަށްބުނެ ބާރަށް ގޮވަމުން ދިޔަ ކަމަށެވެ.

އެ ފިރިހެން މީހާ އަމިއްލައަށް ފުލުހުންނާއި ހަވާލުވި އިރު ލައިގެން ހުރި ހެދުމުގައިވެސް އޮތީ ހުސް ލޭ ކަމަށާއި އޭނާގެ އަންހެނުންނަކީ އޭސިއާގެ ގައުމަކަށް ނިސްބަތްވާ މީހެއް ކަމަށްވާއިރު އޭނާގެ އަންހެނުން މަރާލަން މަޖުބޫރިވީ އާއިލާއާއި ހެދިކަމަށް އެ ފިރިހެން މީހާ ބުނި ކަމަށާއި އަދި އޭނާގެ ނަފްސާނީ ހާލަތު ރަނގަޅު ނޫން ކަމުގައިވެސް މައްކާގެ ފުލުހުންގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.

މަރާލާފައިވާ އަންހެން މީހާގެ ހަށިގަނޑު މޮނިޓަރ ކުރުމަށްފަހު މަރު ސާބިތުކުރާ ފަރާތްތަކުން ހާމަކޮށްފައިވާގޮތުގައއި އެ އަންހެންމީހާގެ ކަރުގެ ބޮޑު ބައެއް ކަފާލާފައިވާއިރު ގައިގެ ބައެއް ދިމަދިމާއަށްވެސް ވަޅީގެ ހަމަލާތައް ދީފައި ވެ އެވެ. އަދި އެ އަންހެންމީހާ މަރާލާފައިވަނީ ފަތިހުގެ ވަގުތެއްގައި ކަމުގައި ބެލެވޭ ކަމަށްވެސް މަރު ސާބިތުކުރާ ޓީމާއި ހަވާލާދީ ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް