ބަލިތައް ދެނެގަތުމުގައްޔާއި ބަލިވާން އުޅޭނަމަ އެކަން ދުރާލާ އެލާޓް ކުރުމުގައި ސްމާޓް ގަޑި އިސް ދައުރެއް އަދާކޮށްފާނެ ކަމުގައި ދިރާސާއަކުން ދައްކައިފި އެވެ.
ސްޓެންފޯޑް ޔުނިވާސިޓީގެ ސައިންޓިސްޓުން ތަކެއް ފުރިހަމަ ކޮށް "ޕީއެލްއޯއެސް ޖާނަލް" ގައި ޝާއިއު ކޮށްފައިވަ ދިރާސާއެއްގައި ބުނެފައިވަނީ އެމީހުން މި ދިރާސާ ކުރުމުގައި ސްމާޓް ގަޑި ބޭނުންކުރަމުން އަންނަ 43 މީހެއްގެ އެއް އަހަރު ދުވަހުގެ ޑާޓާ އެނަލައިޒް ކޮށްފައިވާކަމަށާއި އެ ޑާޓާތަކުގެ ތެރޭގައި އެމީހުންގެ ހާޓް ބީޓް އާއި ހަމުގެ ފިނިހޫނު މިނާއި ނިދުމުގެ ޑާޓާ ހިމެނޭ ކަމަށެވެ.
އަދި މި އެނަލައިޒް އަށް ނަޒަރު ހިންގާލާއިރު ހުން އައުމުގެ ކުރީގެ އަލާމާތްތަކާއި ޑާޓާތަކަށް ރިއާޔަތްކޮށް ހުން އަތުވެދާނެކަން ކުރިން ދެނެގަނެވިދާނެ ކަމަށާއި އަދި ރަނގަޅަށް ދިރާސާތަކެއް ކޮށް އިތުރަށް މި ދިރާސާ ފުރިހަމަ ކޮށްފިނަމަ ބޮޑެތި ބަލިތަކުގެ އަލާމާތްތައްވެސް ދެނެގަނެވިދާނެ ކަމުގައި މި ދިރާސާގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް