އޮބާމާ ގެންގުޅުނު ކުއްތާއެއް، ވައިޓް ހައުސް އަށް ޒިޔާރަތްކުރި އަންހެންކުއްޖަކަށް ހަމަލާ ދީފި

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދައުރު ނިމި، އަލަށް އިންތިހާބުވެފައިވާ ޑޮނާލްޑް ޓްރަމްޕާއި ވެރިކަން ހަވާލުކުރުމުގެ އެއްމެ ފަހުގެ މަރުހަލާތައް ކުރިއަށްދާއިރު އިއްޔެ ވައިޓް ހައުސްގައި އާދަޔާ ހިލާފު ހާ...

13 Jan 2017 | 04:29

އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދައުރު ނިމި، އަލަށް އިންތިހާބުވެފައިވާ ޑޮނާލްޑް ޓްރަމްޕާއި ވެރިކަން ހަވާލުކުރުމުގެ އެއްމެ ފަހުގެ މަރުހަލާތައް ކުރިއަށްދާއިރު އިއްޔެ ވައިޓް ހައުސްގައި އާދަޔާ ހިލާފު ހާދިސާއެއް ހިނގައިފި އެވެ. އެއީ އޮބާމާ ގެންގުޅޭ ކުއްތާއެއް، ވައިޓް ހައުސް އަށް ޒިޔާރަތްކުރި އަންހެން ކުއްޖަކަށް ހަމަލާ ދިނުމެވެ.

ޓީއެމްޒީ ނޫހުގައި ހާމަކޮށްފައިވާގޮތުގައި އިއްޔެ ހިނގި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 18 އަހަރުގެ އަންހެންކުއްޖަކަށެވެ. އޭނާގެ ކޯ މަތީގައި އެ ކުއްތާ ވަނީ ދަތް އަޅާފަ އެވެ.

ވައިޓް ހައުސްގައި އޮބާމާ ގެންގުޅޭ ދެ ކުއްތާ އޮންނަ ކަމަށްވެ އެވެ. އެއީ ޕޯޗުގީޒް ވޯޓަރ ޑޯގް ބްރީޑްގެ ދެ ކުއްތާ އެވެ. ވައިޓް ހައުސް ޑޮނާލްޑް ޓްރަމްޕް އާއި ހަވާލު ކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު މި ކުއްތާތަކާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް ވައިޓް ހައުސް އިން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް