ދިހަ އަހަރުގެ ކުއްޖަކު، ދެމީހެއްގެ ކަރުބުރިކޮށްލާ ވީޑިއޯ އާންމުކޮށްފި

ދިހަ އަހަރުގެ ކުއްޖަކު ލައްވާ ދެމީހެއްގެ ކަރު ބުރިކޮށްލާ ވީޑިއޯއެއް އާންމުކޮށްފި އެވެ. މީޑީއާ ރިޕޯޓްތައް ބުނާގޮތުން އެ ވީޑީއޯ އާންމުކޮށްފައިވަނީ އައިއެސްގެ އޮފިޝަލް މީޑިއާގޮތުގައި ބެލެވޭ އަލް ހަޔާތު މ...

13 Jan 2015 | 17:56

ދިހަ އަހަރުގެ ކުއްޖަކު ލައްވާ ދެމީހެއްގެ ކަރު ބުރިކޮށްލާ ވީޑިއޯއެއް އާންމުކޮށްފި އެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން އެ ވީޑީއޯ އާންމުކޮށްފައިވަނީ އައިއެސްގެ އޮފިޝަލް މީޑިއާގޮތުގައި ބެލެވޭ އަލް ހަޔާތު މީޑިއާ މެދުވެރިކޮށެވެ. އަދި އެ ވީޑިއޯގައި ކަރު ބުރިކޮށްލާ ދެމީހުން، އެ ދެމީހުންނަކީ ރަޝިޔާއަށް ނިސްބަތްވާ ދެ ޖާސޫސުން ކަމަށް އެއްބަސް ވެއެވެ.

ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ވީޑިއޯގެ ސައްހަ ކަމާމެދު އަދި އެއްޗެއް ބުނަން ނޭންގޭ ކަމަށާއި ވީޑިއޯ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އައިއެސްއިން ވަނީ މީހުންގެ ކަރު ބުރިކުރާ ވީޑީއޯ މީގެ ކުރިންވެސް އާންމުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް