އެއް އަހަރު ވާންދެން ކޯމާއެއްގައި އޮތް ޗައިނާގެ ރައްޔިތަކަށް ފައިސާގެ ވަސް ދުވުމުން ދެލޯ ހުޅުވާލުމަށްފަހު ފައިސާގައި އަތްލަން މަސައްކަތް ކޮށްފި އެވެ.
އުމުރުން 30 އަހަރުގެ ޒިއާއޯ ލީ ކޯމާއަށް ދިޔައީ މީގެ އެއް އަހަރު ކުރިން ވިޔަފާރި ކުރާނެގޮތަކާމެދު ހިޔާލު ހޯދުމަށް އިންޓަނެޓް ކެފޭއަކަށްވަދެ ނުނިދާ ހަފްތާއެއް ވަންދެން އުޅުމުންނެވެ.
ހޮސްޕިޓަލުން ބުނެފައިވަނީ ޒިއާއޯގެ ނޭފަތް ކައިރިއަށް ފައިސާ ނޫޓެއް ގެންގޮސް އޭގެ ވަސް ދުއްވަން ނަރުހަށް ހިޔާލުދިނީ ޒިއާއޯގެ އާއިލާ މީހެއް ކަމަށެވެ.
"އާއިލާ މީހަކު ބުނީ ޒިއާއޯއަކީ އަބަދުވެސް ފައިސާއަށް ވަރަށް ލޯބި ކުރި މީހެއް ކަމަށް، އަބަދުވެސް ފައިސާގެ ވަސްބަލާ ކަމަށް، ފައިސާގެ ވަސް ދުވައިފިނަމަ ހޭ އަރާފާނެ ކަމަށް، ޗައިނާގެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ޒިއާއޯ ކޯމާގައި އޮތް އިރު އޭނާގެ ކަންކަން ބަލަހައްޓަމުންދިޔަ ޑޮކްޓަރު ޓަންގު ބުނީ 100 ޔުއާންގެ ނޫޓެއް ޒިއާއޯގެ ނޭފަތާ ކައިރި ކުރުމުން އެ 100 ޔުއާންގައި ހިފުމަށް ޒިއާއޯގެ އަތް ހަރަކާތްކުރި ކަމަށެވެ. އަދި ޑޮކްޓަރުގެ 20 އަހަރުގެ ކެރިއާގައި އެވަރުގެ ކަމަކާ އަދި ދިމާ ނުވާކަމަށްވެސް ޑޮކްޓަރު ޓަންގު ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް