ރީތި މީހުންނަށް ހިލޭ ކާންލިބޭ ރެސްޓޯރެންޓެއް ޗައިނާގައި !

ރީތި މީހުންނަށް ހިލޭ ކާންލިބޭ ރެސްޓޯރެންޓެއް ޗައިނާގައި ޗައިނާގެ ރެސްޓޯރެންޓަކުން ރީތި މީހުންނަށް ހިލޭ ކާން ލިބޭ ގޮތް ހަމަޖައްސައިފި އެވެ. ޗައިނާގެ ނޫހެއްގައި ބުނެފައިވަނީ އެގައުމުގެ ހެނާން ޕްރޮވިންސް...

13 Jan 2015 | 15:14

ރީތި މީހުންނަށް ހިލޭ ކާންލިބޭ ރެސްޓޯރެންޓެއް ޗައިނާގައި

ޗައިނާގެ ރެސްޓޯރެންޓަކުން ރީތި މީހުންނަށް ހިލޭ ކާން ލިބޭ ގޮތް ހަމަޖައްސައިފި އެވެ.

ޗައިނާގެ ނޫހެއްގައި ބުނެފައިވަނީ އެގައުމުގެ ހެނާން ޕްރޮވިންސްގެ ޒެންގްޒޫ އަވަށުގައި ހުންނަ މި ރެސްޓޯރެންޓަށް ކާން ދާ ކޮންމެ މީހެއްގެ ފޮޓޯއެއް އެ ރެސްޓޯރެންޓަށް ވަނުމުގެ ކުރިން ނަގާ ކަމަށެވެ.

އަދި ކެއުންތަކަށް އިންސާފުކުރާ ކަސްޓަމަރުން ރީތި، ދޮން، ޗާލު މީހުންތޯ ބަލަނީ އެކަމަށް ހާއްސަކޮށްފައިވާ ކޮސްމެޓިކް ސާޖަރީ ކްލިނިކެއްގެ ޓީމަކުން ކަމަށް ޗައިނާ ނޫހެއްގައި ބުނެފައި ވެއެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ ކޮސްމެޓިކް ސާޖަރީ ކްލިނިކްގެ ޓީމުން، އެ ރެސްޓޯރެންޓަށް ވަންނަ ކަސްޓަމަރުންގެ ފޮޓޯތަކަށް ބެލުމަށްފަހު ރީތި ކަމަށް ކަނޑައަޅާ މީހުންނަށް ބިލު ދައްކާކަށް ނުޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް