ޕާކިސްތާނު ރައްޔިތުންނަށް ވިސާއާ ނުލާ ރާއްޖެ އާދެވޭގޮތަށް ހަދައިފި

ޕާކިސްތާނު ރައްޔިތުން ރާއްޖެ އައުމަށް ވިސާ ބޭނުން ނުވާގޮތަށް އެއްބަސްވުމެއްގައި ރާއްޖެއާއި ޕާކިސްތާނުން ސޮއިކޮށްފައިވާކަމަށް އެގައުމުގެ ސަރުކާރާ ހަވާލާދީ ޕާކިސްތާނު މީޑިއާއިން ބުނެފި އެވެ. ޖުމްލަ 44 ގ...

13 Jan 2015 | 14:24

ޕާކިސްތާނު ރައްޔިތުން ރާއްޖެ އައުމަށް ވިސާ ބޭނުން ނުވާގޮތަށް އެއްބަސްވުމެއްގައި ރާއްޖެއާއި ޕާކިސްތާނުން ސޮއިކޮށްފައިވާކަމަށް އެގައުމުގެ ސަރުކާރާ ހަވާލާދީ ޕާކިސްތާނު މީޑިއާއިން ބުނެފި އެވެ.

ޖުމްލަ 44 ގައުމަކާއެކު ޕާކިސްތާނުން ދެ ބާވަތެއްގެ އެއްބަސްވުމެގައި ސޮއިކޮށްފައިވާކަމަށާއ އެގޮތުން 37 ގައުމަކަށް އޮފިޝަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ވިސާއާ ނުލާ ދަތުރު ކުރެވޭނެ ކަމަށާއި އަދި ހަތް ގައުމަކަށް ވިސާއާ ނުލާ ޕާކިސްތާނުގެ ކޮންމެ ރައްޔިތަކަށް ދަތުރު ކުރެވޭނެ ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ބުނެފައި ވެއެވެ.

އެ ހަތް ގައުމުގެ ތެރޭގައި ހިމެނެނީ ރާއްޖެއާއި ޒަމްބިއާ އާއި ސަމާއޯ އާއި ޓޮންގާ އާއި ޓްރިނިޑާޑާ އާއި ޓޮބާގޯ އާއި އައިސްލޭންޑްގެ އިތުރުން ނޭޕާލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް