މިލަންދޫ ކައުންސިލް ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ށ. މިލަންދޫ ކައުންސިލްގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓަށް އެދުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ. އެމްޑީޕީން މިއަދު...

13 Jan 2015 | 14:02

ށ. މިލަންދޫ ކައުންސިލްގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓަށް އެދުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ބައި އިލެކްޝަންސްގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރަން ބޭނުންވާލޯކަލް ކައުންސިލް އިންތިޚާބްގައި ވާދަކުރުމުގެ ޝަރުޠު ފުރިހަމަވާ މެންބަރުން 20 ޖެނުއަރީ 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން އިލެކްޝަން ކޮމިޝަނަށް ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމައްފަހު މިކަމަށްއެދޭ ފޯމް ފުރިހަމަކޮށް އެމްޑީޕީގެ ޤައުމީ ސެކްރެޓޭރިއަޓަށް ހުށަހެޅުން އެދޭ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް މިޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ފުރަންޖެހޭ އެފްލިކޭޝަންފޯމް ރަސްމީ ގަޑީގައި އެމްޑީޕީ އޮފީހުން ދޫކުރާނެ ކަމަށާއި އަދި މިފޯމު މިޕާޓީގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން އިތުރަށްބުނީ މި ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޝަރުތު ހަމަވާ، ދެބޭފުޅުންނަށްވުރެ، ގިނަ ބޭފުޅުން ކުރިމަތިލައްވައިފިނަމަ، ލޯކަލް ކައުންސިލް އިންތިޚާބުގެ މި ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓުން ކަނޑައަޅާނީ 22 ޖެނުއަރީ 2015 ވާ ބުރާސްފަތި ދުވަހު ބާއްވާ ޕްރައިމަރީއަކުން ކަމަށެވެ.

މިލަންދޫ ކައުންސިލްގެ ދެ މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެދުވަސް ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް