ލަންކާގެ ފޮރިންގ މިނިސްޓަރަށް ދުންޔާ މަރުހަބާ ވިދާޅުވެއްޖެ

ސްރީލަންކާގެ އާ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، އެގައުމުގެ ފޮރިން މިނިސްޓަރ މަންގަލާ ސަމަރަވީރާއަށް ރާޢްޖޭގެ ފޮރިން މިނިސްޓާ ދުންޔާ މައުމޫން ތަހުނިޔާ ފޮނުއްވައިފި އެވެ. މަންގަލާ އަށް ތަހ...

13 Jan 2015 | 08:57

ސްރީލަންކާގެ އާ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ، އެގައުމުގެ ފޮރިން މިނިސްޓަރ މަންގަލާ ސަމަރަވީރާއަށް ރާޢްޖޭގެ ފޮރިން މިނިސްޓާ ދުންޔާ މައުމޫން ތަހުނިޔާ ފޮނުއްވައިފި އެވެ.

މަންގަލާ އަށް ތަހުނިޔާ ވިދާޅުވެ، ދުންޔާ މައުމޫން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވަނީ ސްރީލަންކާގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމު އޭނާއަށް ލިބިވަޑައިގެންފައިވާތީ އެކަމަށްޓަކައި ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށެވެ. އަދި ލަންކާއާ އެންމެ ކައިރީގައި އޮންނަ ގައުމުގެ ހައިސިއްޔަތުން ދެގައުމުގެ މެދުގައި ބަދަހި ގުޅުމެއް ގާއިމް ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކޮށްފައިވާ ކަމަށާއި އެހެން ކަމުން އެކަމަނާގެ ވަޒީރު ކަމުގައި ދެގައުމުގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހި ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް  ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދެގައުމުގެ ރައްޔިތުންގެ ލާބަ އަށްޓަކައި ދެގައުމުގެ މެދުގައި އޮތް ޕާޓްނާޝިޕް ތަކާއި ބައިނަލް އަގުވާމީ އަދި މި ސަރަހައްދުގެ ކަންތައްތަކުގައި ދެގައުމުން އެއްބައިވެ، އަޑު އުފުލާނެ ކަމަށްވެސް ދުންޔާ ވިދާޅުވެފައިވެއެވެ.

ސްރީލަންކާ ސަރުކާރު ބަދަލުވުމާއި ގުޅިގެން ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓާ ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ މިނިސްޓާ މުހައްމަދު ހުސައިން ޝަރީފު ވަނީ ލަންކާއަށް ވަޑައިގެން އާ ސަރުކާރުގެ ވެރިންނާއި ބައްދަލު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް