ވަގަށްނަގާފައިވާ އެންޓަނާއެއް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ކަމަށްބެލެވޭ  ކާރު އެންޓަނާއެއް ވިއްކަން އުޅުނު މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

13 Jan 2015 | 08:26

ވަގަށް ނަގާފައިވާ ކަމަށްބެލެވޭ  ކާރު އެންޓަނާއެއް ވިއްކަން އުޅުނު މީހަކު އަތުލައިގަނެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 40 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އާންމު ފަރާތަކުން ފުލުހުންނަށްދިން މަޢުލޫމާތަކާއި ގުޅިގެން މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރި ވަމުން ދިޔަ މާފަންނު ޕޮލިސްގެ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައި ވަނީ އައި.ޖީ.އެމް ހޮސްޕިޓަލް ސަރަޙައްދުން އިއްޔެ ހަވީރު 16:05 ހާއިރު ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާކަމަށް ތުޙުމަތުކުރެވޭ އެންޓަނާއެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށްބުނީ އޭނާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ ގިނަ އަދަދެއްގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. އަދި މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް