ބޮކްސާތެރެއަށް ޑޮލަރު އަޅައިގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބޮކްސާ ތެރެއަށްޑޮލަރުތަކެއް ލައިގެން ސައިކަލެއްގައި ފިލަން ދުއްވި މީހަކު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުން އަތުލައިގެންފިއެވެ. މި މައްސަލައާ ގުޅިގެން ރޭ 19:20 ހާއިރު ފުލުހުނ...

13 Jan 2015 | 07:57

ބޮކްސާ ތެރެއަށްޑޮލަރުތަކެއް ލައިގެން ސައިކަލެއްގައި ފިލަން ދުއްވި މީހަކު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުން އަތުލައިގެންފިއެވެ.

މި މައްސަލައާ ގުޅިގެން ރޭ 19:20 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަތުލައިގަތީ ހިނގާފައި ދިޔަ މީހެއްގެ އަތުގައި ހުރި ޑޮލަރުތަކެއް ސައިކަލްގައި ދިޔަ މީހާ ފޭރިގަނެގެން ދާތަން އެ ސަރަހައްދުގައި ތިބި ފުލުހުންނަށް ފެނުމުން ފަހަތުން ގޮހެވެ.

ފުލުހުން ބުނި އޭނާގެ ބޮކްސާތެރެއިން 470 ޑޮލަރު ފެނުނު ކަމަށާއި އެ މީހާ އަކީ ތަފާތު އެކި ކަންކަމާ ގުޅިގެން 13 ފަހަރު ހުއްޓުވައި ސުވާލުކޮށް 43 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 16 ފަހަރު ހައްޔަރު ކޮށްފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ފަސް މައްސަލައެއްގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ދަނީ ތަޙުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް