ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގ އާއި ބައްދަލުކުރެއްވުމަށްޓަކައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސްރީލަންކާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނުގެ ދަތުރުފުޅުގައި، ލަންކާގެ ބޮޑުވަޒީރު އަދި ސަރުކާރު ހިންގާ ޔުނައިޓެޑް ނެޝެނަލް ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދު ލަންކާއަށް ވަޑައިގަންނަވަނީ އެގައުމުގެ ރިޔާސީ އިންތިހާބު މައިތްރަޕަލާ ސިރިސެނާ ކާމިޔާބުކުރައްވާ ލަންކާގެ ރައީސް ކަމާއި ހަވާލުވެވަޑައިގެންފައިވާ ދަނޑިވަޅެއްގައިއެވެ. ސިރިސެނާ އިންތިހާބު ކާމިޔާބުކުރެއްވީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އާއި ވާދަކުރެއްވުމަށްފަހުއެވެ.
ސިރިސެނާ އިންތިހާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން ނަޝީދު ވަނީ ބޮޑުވަޒީރު ރަނިލް އަށް ގުޅުއްވައި މަރުހަބާ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް