2014 ވަނަ އަހަރުގެ ފީފާ ޑްރީމް ޓީމް އިއުލާންކޮށްފި

ފީފާއިން ހޮވި 2014 ވަނަ އަހަރުގެ ޑްރީމް ޓީމް އިއުލާންކޮށްފިއެވެ. ސްވިޒަރލޭންޑްގެ ޒިއުރިޗްގައި " ފީފާ ބެލޮންޑިއޯ 2014" ހޮވުމަށް ބޭއްވި ހަފްލާގައި ފީފާގެ 2014 ވަނަ އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންނަ...

13 Jan 2015 | 06:05

ފީފާއިން ހޮވި 2014 ވަނަ އަހަރުގެ ޑްރީމް ޓީމް އިއުލާންކޮށްފިއެވެ.

ސްވިޒަރލޭންޑްގެ ޒިއުރިޗްގައި " ފީފާ ބެލޮންޑިއޯ 2014" ހޮވުމަށް ބޭއްވި ހަފްލާގައި ފީފާގެ 2014 ވަނަ އަހަރުގެ އެންމެ މޮޅު 11 ކުޅުންތެރިންނަށްވަނީ އެވާޑް ހަވާލުކޮށްފައެވެ.

ފީފާ އިން ހޮވާ އެންމެ މޮޅު 11 ކުޅެންތެރިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 20000 ޕްރޮފެޝަނަލް ކުޅުންތެރިންގެ ވޯޓުން ހޮވާ ޓީމެކެވެ.

2014 ވަނަ އަހަރުގެ ފީފާ ޑްރީމް ޓީމް:

ކީޕަރ: މެނުއަލް ނޯޔާ

ޑިފެންސް: ފިލިޕް ލާމް، ތިއޭގޯ ސިލްވާ، ޑޭވިޑް ލުއިޒް، ސާޖިއޯ ރާމޯސް

މިޑްފީލްޑް: އަންދަރޭސް އިނިއެސްޓާ، ޓޯނީ ކްރޫސް، އެންޚާލް ޑިމަރިޔާ

ފޯވަރޑް: އަރޔެން ރޮބެން، ލިއޮނެލް މެސީ، ކްރިސްޓިއާނޯ ރޮނާލްޑޯ

މި ރަސްމިއްޔާތަގައި ފީފާ އިން އިއުލާންކުރި ފެއަރ ޕްލޭ އެވާޑް ލިބިފައިވަނީ ފީފާގެ މުބާރާތް ތަކުގައި އެކި ގޮތްގޮތުން އެހީތެރި ވެދެއްވި ވޮލެންޓިއަރުންނަށެވެ. އަދި ފީފާ ޕްރެޒިޑެންޝިއަލް އެވާޑް ލިބިފައިވަނީ ޖަޕާންގެ ފުޓުބޯޅަ ޖާނަލިސްޓެއް ކަމަށްވާ ހިރޯޝީ ކަގަވާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް