"ފީފާ ޕުސްކަސް އެވާޑް 2013" ކޮލަންބިއާގެ ހަމޭޒް ރިޑްރިގޭޒްއަށް ލިބުނުއިރު، ފީފާއިން ހޮވި އެންމެ މޮޅު ކޯޗަކަށް ޖަރުމަން ގައުމީ ޓީމުގެ ކޯޗުގެ ޖޮކިމް ލޯވް ހޮވިއްޖެއެވެ.
ސްޕެއިންގެ ރިއާލް މެޑްރިޑަށް ކުޅެމުން އަންނަ ހަމޭޒް ރޮޑްރިގޭޒްއަށް ފީފާ ޕުސްކަސް އެވާޑް ނުވަތަ އަހަރުގެ އެންމެ ރީތި ގޯލަ ލިބފައިވަނީ 2014 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕްގައި އުރުގުއޭ ކޮޅަށް އޭނާ ކާމިޔާބުކޮށްދިން ގޯލައަށެވެ.
ފީފާގެ ވެބްސައިޓްގައި ޕަބްލިކް ވޯޓަކަށް ހުޅުވާލައިގެން ހޮވި ގޯލައަށް އާމުންގެ 42 އިންސައްތަ ވޯޓު ލިބިފައިވެއެވެ. ދެވަނައިގާ އެވާޑަށް ވާދަކުރީ އައިރިޝްގެ އަންހެން ޑިވިޝަނަށް ކުޅެމުން އަންނަ ރޯޗޭއަށް ލިބިފައިވަނީ 33 އިންސައްތައެވެ. އެވާޑަށް ދެން ވާދަކުރި ވެންޕާރސީ ވާރލްޑް ކަޕްގައި ސްޕެއިން ކޮޅަށް ކާމިޔާބުކޮށްދިން " ޑައިވިން ހެޑަރ" އަށް ލިބިފައިވަނީ 11 އިންސައްތަ ވޯޓެވެ.
ފީފާ އިން ހޮވާ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޖަރުމަނު ގައުމީ ޓީމުގެ ކޯޗު ޖޮކިމް ލޯވްއެވެ. އެވާޑަށްފަހު ލޯވް ބުނެފައިވަނީ އޭނާ ވަރަށް އުފާވެއްޖެ ކަމަށާއި އޭނާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. ލޯވްގެ އިތުރުން އެވާޑަށް ވާދަކޮށްފައިވަނީ އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީގެ އިތުރުން ރިއާލް މެޑްރިޑްގެ ކާލޯ އެންސެލޯޓީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް