ހަށިގަނޑުގެ އެކި ތަންތާނގައި 94 އައިފޯނު ބަނދެގެން އެ ފޯނުތައް ޗައިނާގެ ހޮންކޮންގަށް އެތެރެކުރަން އުޅުނު މީހަކު ޗައިނާ ކަސްޓަމްސް އިން އިއްޔެ ހައްޔަރުކޮށްފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޭނާ ހައްޔަރުކުރީ ހިނގާފައި ދިޔަ ގޮތުން ލައިގެންހުރި ފަޓުލޫނާއި ޓީޝާޓްގެ ދަށުގައި ކޮންމެވެސް އެއްޗެއް ހުރިކަން ކަސްޓަމްސް އޮފިޝަރުންނަށް ސައްކުވެގެންނެވެ.
ޗައިނާ ކަސްޓަމްސްއިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެމީހާ ގައިގާ ބަނދެގެން އެތެރެކުރަން އުޅުނީ އައިފޯން 5 އެސް އާއި އައިފޯން 6 ގެ މޮޑެލްތަކުގެ ފޯނުތަކެއް ކަމަށެވެ. އެ ފޯނުތަކުގެ ޖުމްލަ އަގު 48 ހާސް ޑޮލަރަށް އަރާކަމަށްވެސް ޗައިނާގެ ކަސްޓަމްސް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް