އައިއެސްއިން ރަހީނުކޮށްފައިވާ މިސްރުގެ 21 ކްރިސްޓިއަނުންގެ ފޮޓޯ އާންމުކޮށްފި

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތުގެ ލީބިޔާ ގޮފިން ރަހީނުކޮށްފައިވާ މިސްރަށް ނިސްބަތްވާ 21 ކްރިސްޓިއަނުންގެ ފޮޓޯ އާނ...

13 Jan 2015 | 04:03

އިރާގާއި ސޫރިޔާގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދެމެހެއްޓުމަށް ހަނގުރާމަކުރަމުން އަންނަ އައިއެސް ޖަމާއަތުގެ ލީބިޔާ ގޮފިން ރަހީނުކޮށްފައިވާ މިސްރަށް ނިސްބަތްވާ 21 ކްރިސްޓިއަނުންގެ ފޮޓޯ އާންމުކޮށްފި އެވެ.

ލީބިޔާގެ އައިއެސް ގޮފިން އެ ފޮޓޯތައް އާންމުކޮށްފައިވަނީ އިންޓަނެޓްގެ ފޯރަމް ތަކުގައެވެ. އެ ކްރިސްޓިއަނުން ރަހީނުކޮށްފައިވަނީ މިދިޔަ މަހުގެ މެދުތެރޭގައި ލީބިޔާގެ ސިރްޓޭ ސިޓީއިންނެވެ.

އެ ފޮޓޯތައް އާންމުކޮށްފައިވާއިރު މިސްރުގެ ފާދިރީއަކުވަނީ އެ ފޮޓޯތަކުގައި ވާ މީހުންނަކީ މިދިޔަ މަހު ގެއްލިފައިވާ ބައެއްކަން ކަށަވަރުކޮށްދީފައެވެ.

އައިސްއެސްގެ ހަނގުރާމަވެރިން އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނައިރު އެކި ގައުމުތަކުގައި އެ ޖަމާއަތުގެ ގޮފިތައް އުފައްދާ އެ ޖަމާއަތް އަންނަނީ އިތުރަށް ވަރުގަދަ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް