ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ “ޗާލީ ހެބްޑޫ” ގެ މަރުކަޒަށް ގޮތްނޭނގޭ ބަޔަކު ވަދެ ދިން ހަމަލާ ތަހުގީގު ކުރަން އުޅުނު ފުލުހުންގެ އިސްވެރިޔާ އަމިއްލައަށް މަރުވެފައިވާކަމަށް ފްރާންސްގެ މީޑިއާއިން ބުނެފި އެވެ.
އެގައުމުގެ ނޫސްތަކުގައި ބުނެފައިވާގޮތުން އުމުރުން 45 އަހަރުގެ ހެލްރިކް ފްރެދޫ އަމިއްލައަށް މަރުވީ ޗާލީ ހެބްޑޫ ހަމަލާގެ ރިޕޯޓް ތައްޔާރުކުރަން އޮފީހުގައި އުޅުމަށްފަހު އޮފީސް ތެރޭގައެވެ. މަރުވީ އަމިއްލައަށް ބޮލަށް ބަޑިޖަހައިގެން ކަމަށް ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.
މިމަހުގެ ހަތްވަނަ ދުވަހު ޗާލީ ހެބްޑޫ ނޫސް އިދާރާ އަށް ދިން ހަމަލާގައި 12 މީހަކު މަރުވެ 10 މީހަކު ޒަހަމްވިއެވެ. މަރުވި މީހުންގެ ތެރޭގައި މަޖައްލާގެ އެޑިޓަރ ސްޓެފާން ޝާބޮނިއޭގެ އިތުރުން އެމަޖައްލާގައި ކާޓޫން ކުރަހާ ހަތަރު މީހުން ވެސް މަރުވިއެވެ.
މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވިނަމަވެސް ބައެއް ފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަމުންދަނީ ހަރުކަށި އިސްލާމީ ހަނގުރާމަވެރިންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް