ފީފާއިން ހޮވި 2014 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވާޑް " ފީފާ ބެލޮންޑިއޯ 2014" ރިއާލް އަދި ޕޯރޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ. މިއީ ރޮނާލްޑޯ މިއެވޯޑް ހާސިލްކުރި ތިންވަނަ ފަހަރެވ...

12 Jan 2015 | 23:26

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވާޑް " ފީފާ ބެލޮންޑިއޯ 2014" ރިއާލް އަދި ޕޯރޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ލިބިއްޖެއެވެ. މިއީ ރޮނާލްޑޯ މިއެވޯޑް ހާސިލްކުރި ތިންވަނަ ފަހަރެވެ. 2013 ވަނަ އަހަރު ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރި ރޮނާލްޑޯ 2014 ވަނަ އަހަރު ވަނީ މަގާމް ދިފާއުކޮށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ބެލޮންޑިއޯ ހާސިލްކޮށްފައެވެ.

ސްވިޒަރލޭންޑްގެ ޒިއުރިޗްގައި ބޭއްވި ރަސްމިއްޔާތުގައި ރޮނާލްޑޯއާ އެވާޑް ހަވާލުކޮށްދިނީ ފުޓުބޯޅަ ލެޖެންޑް ތިއަރީ އޮންރީއެވެ.  ރޮނާލްޑޯގެ އިތުރުން މި އެވޯޑަށް ވާދަކޮށްފައިވަނީ ކުރިން ހަތަރު ފަހަރެއްގެ މަތިން އެވާޑް ހާސިލްކުރި ލިއޯ މެސީ އަދި ޖަރުމަނުގެ ގޯލްކީޕަރ މެނުއަލް ނޯޔަރއެވެ.

ޕްރޮފެޝަނަލް ކުޅުންތެރިން އަދި ކޯޗުންގެ ވޯޓުން ހޮވާ މި އެވާޑަށް ވޯޓު ދިން ފަރާތްތަކުގެ 37.66 އިންސަތަ ވޯޓު ލިބިފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އަދި މެސީއަށް ދެވަނައިގާ 15.76 އިންސައްތ ވޯޓު ލިބުނުއިރު ތިންވަނައިގާ ނޯޔަރވަނީ މެސީއާއި ގާތްކޮށްފައެވެ. އެގޮތުން ނޯޔަރއަށް ލިބިފައިވަނީ 15.72 އިންސައްތައެވެ.

ބެލޮންޑިއޯ 2014 ހާސިލްކުރި ރޮނާލްޑޯވަނީ ވޭތުވެދިޔަ ސީޒަންގައި 43 މެޗުން 52 ގޯލް ކާމިޔާބުކޮށްފައެވެ. އެވާޑަށްފަހު ރޮނާލްޑޯވަނީ އޭނާއަށް ވޯޓު ދެއްވި ފަރާތްތަކުގެ އިތުރުން ރިއާލް މެޑްރިޑުގެ ކޯޗުންގެ އިތުރުން މެނޭޖްމަންޓަށް ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް