ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރުމަށް މުހައްމަދު އަބްދުﷲ (މުހަންމާ) އާއި އިބްރާހިމް މުއާޒް އަލީ (ޓީވީ މުއާ) ގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ދެ މެންބަރެއްގެ ދައުރު މި މަހުގެ ފަސްވަނަ ދުވަހު ހަމަވެފައިވާއިރު އެ ދެ މަގާމަށް ހުޅުވާލުމުން ޝަރުތު ހަމަވާ 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެ ނަންތައް ރައީސް އިސްކަންދެސްވާ ތަރުތީބުން ލިސްޓުކުރައްވައި މަޖިލީހަށް ފޮނުއްވެވިއިރު ލިސްޓުގެ އެންމެ ކުރީގައި ވަނީ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ނަމެވެ. ދެވަނަ އަށް ހިމަނުއްވާފައިވަނީ ރައީސް ޔާމީންގެ ދައުރުގައި ރައީސް އޮފީހުގެ ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީ (ޓީވީ މުއާ) ގެ ނަމެވެ.
ރައީސް މަޖިލިހަށް ފޮނުއްވި ލިސްޓުގެ ތަރުތީބު:
- މުހައްމަދު އަބްދުﷲ (މުހަންމާ)، ހުސްއަކުރުގެ ހއ. އިހަވަންދޫ
- އިބްރާހިމް މުއާޒު އަލީ، ހަޒާރުމާގެ ނ. ފޮއްދޫ
- އިބްރާހިމް އަޝްރަފު، ވ. މަށިވެލި
- ލެފްޓިނެންޓް ކާނަލް ރިޓަޔާޑް ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
- އަބްދުﷲ ހުމައިދު، ފަޒާ ޅ. ހިންނަވަރު
- އައިޝަތު ދިޔާނާ ތޯހިރު، ސެވަންސްޓާ، ސ. ހިތަދޫ
- އައިމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
- ޝިމްލާ އަމްހަދު، އާސްޓްރަލްގެ ސ. ހިތަދޫ
- އިސްމާއިލް ޝަފީގް، މ.ސްލީޓް
- ޝިފްޒާ މުސްތަފާ، މާދަޑު، އާސާން، ފުވައްމުލައް
- އަލީ ނިޝާން، ގ ކޫލްގްރާސް
- މުހައްމަދު ޝަމީމް، ހ ޕްރިޓީވިލާ
މި ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސާސަތަކާބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ. ނަންތައް ދިރާސާކުރަން ފޮނުވި ނަމަވެސް އާންމުގޮތެއްގައި އަބަދުވެސް މަގާމަށް އައްޔަނުކުރެވިގެންދަނީ ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާ ތަރުތީބުންނެވެ. އެ ތަރުތީބަށް ބަލާއިރު މިފަހަރު އައްޔަނުކުރެވިގެންދާނީ މުހައްމާއާއި ޓީވީ މުއާކަމުގައި ބެލެވެއެވެ.
މުހައްމާ އަދި ޓީވީ މުއާއަކީވެސް ސިޔާސީ ދެ އެކްޓިވިސްޓުންގެ ގޮތުގައި މަސައްކަތްކުރައްވަމުންގެންދަވާ ދެބޭފުޅުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް