މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދިއުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މިއަދަށް ނިންމާލުމަށްފަހު ޗުއްޓީއަށް ދިއުމަށް ނިންމައިފި އެވެ. މަޖިލީހުގެ ގަވާއިދު އޮތް ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު އެންމެ ދުވަހަކީ މިދިޔަ ނޮވެމްބ...

12 Dec 2024 | 08:36

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މިއަދަށް ނިންމާލުމަށްފަހު ޗުއްޓީއަށް ދިއުމަށް ނިންމައިފި އެވެ.

މަޖިލީހުގެ ގަވާއިދު އޮތް ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު އެންމެ ދުވަހަކީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މިއަދު ނިންމާލަން އިއުލާނު ކުރިއިރު، މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން މަޖިލީހުން ކުރިން އޮތީ ފާސްކޮށްފަ އެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މިއަދުން ފެށިގެން މަޖިލިސް ޗުއްޓީއަށް ދާނެ ކަމަށް އިއުލާންކުރައްވާފަ އެވެ.

މަޖިލީހުގެ ރައީސް ވަނީ މިއަދަށް ވޯޓަށް އެހެން ހުރި ކަންކަމަށް ވޯޓަށް އެހެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވާ ކަމަށް އިއުލާންކުރައްވާފަ އެވެ.

މަޖިލީހުގެ މިދައުރުގެ ޖަލްސާތައް މިއަދަށް ނިންމާލަން ނިންމެވިއިރު މަޖިލީހުން ގާނޫނީ ގޮތުން ވަކި މުއްދަތުތަކަށް ނިންމަންޖެހޭ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅުމަށް މިއަދުގެ ޖަލްސާގެ އެޖެންޑާގައިވެސް ހިމަނާފައިވެ އެވެ. އެހެންވެ އެ މައްސަލަތަކާ މެދު މަޖިލީހުން ނިންމާނެ ވަކި ގޮތެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް