މިއަދު ހިނގި އަލިފާނުގެ ހާދިސާގައި މާލޭ ސިޓީ ކައުންސިލްގެ ވައިޓަލް ރަޖިސްޓްރޭޝަން އޮފީސް ހިންގާ އިމާރާތުގައިވެސް ރޯވެ ގެއްލުންތަކެއް ލިބިފައިވާއި މާލޭގެ އެތައް ގޯއްޗެއްގެ ރަޖިސްޓްރީ ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް ވިދާޅުވެފައިވަނީ އެ އިމާރާތުން އެއްވެސް ލިޔެކިޔުމަކަށް ގެއްލުންވެއްޖެނަމަ އެއީ މާލޭގެ ރައްޔިތުންނަށް އަދި މާލޭގައި ދިރިއުޅޭ ރަށްތަކުގެ ރައްޔިތުންނަށް ފޫނުބެއްދޭނެވަރުގެ ގެއްލުމެއް ކަމަށެވެ.
ނަރީޝް ވިދާޅުވީ ގޯތީގެ ރަޖިސްޓްރީއަކަށް ގެއްލުންވެއްޖެނަމަ އެއީ އިއާދަކުރެވޭނެ އެއްޗެއް ނޫންކަމަށާއި އެ ކައުންސިލުން ދިޔައީ ރަޖިސްޓްރީތައް ބެކަޕް ނެގުމަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައްވެސް ކުރަމުން ކަމަށެވެ.
"ފާއިތުވި ފަސް އަހަރާއި ހަމައަށްވަނީ ޑިޖިޓަލައިޒް ކުރެވިފަ، އޭގެ ކުރީގެ ތަކެތި ޑިޖިޓަލައިޒް ކުރެވިފައެއް ނެތް" ނަރީޝް ވިދާޅުވެފައިވެއެވެ.
ސަލާމަތީ ހިދުމަތްތަކުގެ އެހީގައި މިހާރުވެސް އެ އިމާރާތުން ގިނަ ލިޔެކިޔުންތަކެއް ދަނީ ނެރެމުންނެވެ. އެހެންނަމަވެސް އަލިފާނުގެ ހާދިސާގައި އެ އިމާރާތަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވުމުން ގިނަ ލިޔެކިޔުންތަކެއް އަނދާ ހުލިވެފައިވުމަކީ އެކަށީގެންވާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް