މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މި ހާދިސާގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، މިވަގުތު މިނިސްޓްރީން ދެމުންދާ އާންމު ހިދުމަތްތައް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށާއި އަދި މި ހިދުމަތްތައް އަލުން ފެށޭނެ ތާރީހެއް ކަނޑައެޅުމަށްފަހު އެކަން މިނިސްޓްރީން އިއުލާނުކުރާނެކަމަށެވެ. ވީހާވެސް އަވަހަކަށް ހިދުމަތްތައް އަލުން ފެށުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަންވެސް އަރުވާފައިވެއެވެ.
މި ހާދިސާގައި މި ވުޒާރާގެ އެއްވެސް މުވައްޒަފަކަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް