ޓިނު ބިލްޑިންގގެ އަލިފާން 90 އިންސައްތަ ނިއްވައިލެވުނަސް ގްރީން ބިލްޑިންގ އަދިވެސް ރޯވެފައި: އެމްއެންޑީއެފް

މ. ގްރީން ބިލްޑިންގް ގައި ރޯވެ އަނދަމުންދާ އަލިފާނުގެ، ޓިނު ބިލްޑިންގައި ރޯވެފައިވާ އަލިފާން 90 އިންސައްތަ ނިއްވާލެވިފައިވީނަމަވެސް ގްރީން ބިލްޑިންގައި އަދިވެސް ހުރީ ރޯވެފައިކަމުގައި އެމްއެންޑީއެފްއިނ...

12 Dec 2024 | 06:15

މ. ގްރީން ބިލްޑިންގް ގައި ރޯވެ އަނދަމުންދާ އަލިފާނުގެ، ޓިނު ބިލްޑިންގައި ރޯވެފައިވާ އަލިފާން 90 އިންސައްތަ ނިއްވާލެވިފައިވީނަމަވެސް ގްރީން ބިލްޑިންގައި އަދިވެސް ހުރީ ރޯވެފައިކަމުގައި އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ދެންމެ ބުނީ ޓިނު ބިލްޑިންގް ވަނީ ވަރަށް ބޮޑަށް އަނދާ ހުލިވެފައި ކަމަށެވެ.

"އެ ބިލްޑިންގް ގެ 90 އިންސައްތަ އަލިފާން ނިއްވާލެވިއްޖެ" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ނަމަވެސް ގްރީން ބިލްޑިންގް ގެ ދެވަނަ އަދި ތިންވަނަ ފަންގިފިލާގައި އަދިވެސް އަލިފާން ރޯވެފައިވާކަމަށާއި އަދި ޓިނު ބިލްޑިންގެ ކުރިމައްޗަށް ވާގޮތަށް ހުރި މަހުމާ ވިލާގައި ކޮންމެވެސް ވަރަކަށް އަލިފާން ހިފާފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް