މ. ގްރީން ބިލްޑިންގްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ގެދޮރުވެރިޔާ ފްލެޓް ލިސްޓަށް އެއްވެސް އަސަރެއް ނުކުރާނެކަމުގައި ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުމަކީ އެ މިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތުތަކެއް ކަމަށެވެ.
އަލިފާން ރޯވި އިމާރާތަކީ ހައުސިން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި އެންވަޔަރަންމަންޓް މިނިސްޓްރީ އަދި މާލޭ ސިޓީ ކައުންސިލްގެ އޮފީހެއް ހިންގަމުން އަންނަ އިމާރާތެކެވެ.
މިއަދުގެ އެ ހާދިސާގެ ސަބަބުން އެ މިނިސްޓްރީގެ މުވައްޒަފަކަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް