މޭޔަރުކަމަށް ވާދަކުރެއްވުމަށް އާޒިމާ ފޯމު ހުށަހަޅުއްވައިފި

ކުރިއަށް އޮތް ބައި އިލެކްޝަންގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާޒިމާ ޝަކޫރު ފޯމު ހުށަހަޅުއްވައިފިއެވެ. ކުރިން ބަންޑާރަނައިބުގެ މަޤާމު އަދާކުރެއްވި އާދަމް އާޒިމް ފޯމު ހުށަހެޅުއްވީ މިއަދު...

12 Dec 2023 | 11:30

ކުރިއަށް އޮތް ބައި އިލެކްޝަންގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އާޒިމާ ޝަކޫރު ފޯމު ހުށަހަޅުއްވައިފިއެވެ.

ކުރިން ބަންޑާރަނައިބުގެ މަޤާމު އަދާކުރެއްވި އާދަމް އާޒިމް ފޯމު ހުށަހެޅުއްވީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

އާޒިމާ ފޯމު ހުށަހެޅުއްވިއިރު ސިޓީ ކައުންސިލްގައި ހުސްވެފައިވާ އެހެން ދާއިރާތަކަށްވެސް ޕީޕީއެމް/ޕީއެންސީ ކޯލީޝަން ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުން މިއަދު ފޯމު ހުށަހެޅުއްވިއެވެ.

މޭޔަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށް މޭޔަރު ކަމުން އިސްތިއުފާ ދެއްވުމުންނެވެ.

މޭޔަރު ބައި އިލެކްޝަން އަންނަ ޖަނަވަރީ މަހުގެ 13ގައި ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު އެ މަޤާމަށް ވާދަކުރައްވާ އެހެން ކެނޑިޑޭޓުންގެ ތެރޭގައި ޑިމޮކްރެޓްސްގެ ފަރާތުން މުހައްމަދު ސައިފް ފާތިހު، އެމްޑީޕީގެ ފަރާތުން އާދަމް އާޒިމް އަދި ޕީއެންއެފްގެ ފަރާތުން ހުސެއިން ވަހީދު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް