ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް، ޢަހްމަދު ނަޞީރު، މުސްތަރީގެ، ކ. މާފުށި، އަދި އަޙްމަދު މުނައްވަރު، ދަފްތަރު ނަންބަރު ރސ 99031 މިއަދު ޢައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި ދެބޭފުޅުން އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ފިނޭންސްގެ މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންގެ ފެންވަރުގައެވެ. އަދި، ދެ ބޭފުޅުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ބޭނުންވާ މާލީ އިރުޝާދު ދިނުން ހިމެނެއެވެ.
މި ދެބޭފުޅުންގެ ތެރެއިން ނަސީރަކީ ކުރީގެ ގަވަރުނަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި މުނައްވަރަކީ ކުރީގެ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް