ގަތަރުގައި ކުރިޔަށްދާ ވޯލްޑްކަޕް2020 ގެ މެޗުތަކެއް ބައްލަވާލެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެމަފިރިކަނބަލުންވެސް މިރޭ ވަނީ ގަތަރަށް ފުރާވަޑައިގެންފަ އެވެ. އެމަނިކުފާނު ވަޑައިގެންނެވީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށެވެ.
ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދައުވަތު އޭނާއަށްވެސް ގަތަރު އަމީރު ދެއްވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ އަރިހުގައި މި ދަތުރު ކުރެއްވޭތީ އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މިއީ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންނާއި ޝާހިދު ބައްލަވާލައްވާނީ މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތަކެވެ.
https://twitter.com/abdulla_shahid/status/1602332525505888257
މި ދަތުރުފުޅަކީ ރާއްޖެއާއި ޤަތަރާއި ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލުމާތުދެ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް