ލަކުޑި އާއި ކޯލްގެ އަގު ބޮޑުވުމުގެ ސަބަބުން ގޭހުގެ ދަތިކަމަކީ ކޮންމެ ފިނި މޫސުމެއްގައި ވެސް ޕާކިސްތާނަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެކެވެ. މީގެ އިތުރުން މިދިޔަ އަހަރާ އަޅާބަލާއިރު ލަކުޑި އާއި ކޯލްގެ އަގު ދެގުނަ އަށް ވުރެ އިތުރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ސިންދު، ޕަންޖާބު އަދި ޚައިބަރު ޕަޚްތޫންޚުވާގެ ގިނަ ސިޓީތަކެއްގައި މިހާރު ގޭސް ލިބެން ނެތް ކަމަށް ބައެއް މީޑިއާރިޕޯޓްތައް ބުނެއެވެ. ގޭސް ލޯޑްޝެޑިންގެ ސަބަބުން ކަރާޗީ، ލާހޯރު، ހައިދަރުއާބާދު، މުލްތާން، ޕިޝާވަރު އަދި ރާވަލްޕިންޑީގެ ރައްޔިތުން ކަންބޮޑުވެ، އެލްޕީޖީ އާއި އަލިފާން ލަކުޑިއަށް އޮތް ޑިމާންޑް ވެސް ވަނީ އިތުރުވެފަ އެވެ.
އެގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި ސިންދު އިން އެ ގައުމުގެ ގޭހުގެ ގާތްގަނޑަކަށް 62 ޕަސެންޓް އުފައްދަމުން އަންނަ އިރު، ގޭހުގެ 38 ޕަސެންޓް ލިބެ އެވެ. އަނެއްކޮޅުން ޕަންޖާބުގައި ގޭސް އުފައްދަނީ އެންމެ 3 އިންސައްތަ ކަމަށްވާއިރު، އެ ޕްރޮވިންސަށް ގޭހުގެ 52 އިންސައްތަ ލިބެއެވެ. ޚައިބަރު ޕަޚްތޫންޚުވާގައި ގޭސް އުފައްދާ މިންވަރު 15 އިންސައްތައަށް އަރާއިރު، ބޭނުންކުރާ މިންވަރު ހުރީ އެންމެ 7 އިންސައްތައިގައެވެ. ބަލޫޗިސްތާނުގައި އުފެއްދުންތެރިކަން 12 އިންސައްތަ އަށް އަރާއިރު، ބޭނުންކުރާ މިންވަރު އުޅެނީ އެންމެ 2 އިންސައްތައިގައެވެ.
ޤާލަތުގެ ޣަރީބާބާދުގެ އާންމުންނަށް ކަރަންޓާއި ގޭހުގެ މައްސަލަ ދިމާވާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ލޯޑް ޝެޑިން، ޓްރިޕިން، ލޯ ވޯލްޓޭޖް އަދި ސުއި ގޭސް ފީލްޑްގެ ގަވާއިދާ ހިލާފަށް ސަޕްލައި ކުރުން، މި ހުރިހާ ކަމެއް ވެސް ހިނގާފައި ވަނީ ކުރު މުއްދަތެއްގެ ތެރޭގަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ރައްޔިތުން ކަމާބެހޭ ފަރާތްތަކަށް ޝަކުވާ ކުރި ނަމަވެސް ހާލަތަށް ބަދަލެއް ނާދެ އެވެ. އެހެންކަމުން މާޔޫސްވެފައި ތިބި މީހުންނަށް މުޒާހަރާ ކުރަން މަޖުބޫރުވި ކަމަށް ޕާކިސްތާނުގެ ވާނަކިއުލާ މީޑިއާ، އިންތޭޚަބް ޑެއިލީ އިން ރިޕޯޓުކޮށްފައިވެ އެވެ. އެމީހުން މަގުމައްޗަށް ނިކުމެ އަންހެނުންނާއި ކުޑަކުދިން ވަނީ ގައުމީ ހައިވޭ ބަންދުކޮށްފަ އެވެ. ކަރާޗީ-ކުއެޓާގެ ޓްރެފިކް ފްލޯ އަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފަ އެވެ.
މިދިޔަ މަހު ޣަރީބާބާދުގައި ޓްރާންސްފޯމަރެއް އަންދާލާފައިވާ ކަމަށާއި އޭގެ ފަހުން ކަރަންޓުގެ މައްސަލަ ދިމާވަނީ މިހާތަނަށް ޓްރާންސްފޯމަރު މަރާމާތު ކޮށްފައި ނުވާތީ އާއި ބަދަލު ކޮށްފައި ނުވާތީ ކަމަށް ވާނަކިއުލާ މީޑިއާއިން ރިޕޯޓްކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް