އައްޑޫ ސިޓީ ހިތަދޫ ފަޅުގެއެއްގެ ތެރެއިން ބަނގުރާ ހަންތަކަކާއި ބަނގުރާ ކައްކާ ސާމާނުތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެތަކެތި ފެނިފައިވަނީ ހިތަދޫ ފުލުހުން ރަށު ތެރެ ޕެޓްރޯލް ކުރުމުގެ ތެރެއިން ކަމަށެވެ.
އެ ފަޅުގެއިން ފެނުނު ތަކެތީގެ ތެރޭގައި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 15 ހަމާއި ބަނގުރާ ކެއްކމަށް ބޭނުން ކުރާ ސާމާނު ހިމެނެ އެވެ.
އެއީ މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތުލައިގަނެވުނު ތަކެތި ކަމަށް މައުލޫމާތުދެ އެވެ.
މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާއިން ބުނީ ހިތަދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް