އުރީދޫ ފުޓުބޯޅަ ފޯރީގެ ނަސީބުވެރިން ދަނީ މޮރޮކޯއާ ފްރާންސް މެޗަށް، ފުރަން ތައްޔާރުވެއްޖެ

ވޯލްޑްކަޕް2022 އާއި ދިމާކޮށް އުރީދޫއިން ކުރިޔަށް ގެންދިޔަަ ފުޓްބޯލް ފޯރީގެ ހަތަރު ނަސީބުވެރިންނާއި ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފި އެވެ. މި ހަތަރު ފަރާތަށް ލިބެނީ ވޯލްޑްކަޕް ސެމީ ފައިނަލް މެޗެއް ބަލާލު...

12 Dec 2022 | 16:58

ވޯލްޑްކަޕް2022 އާއި ދިމާކޮށް އުރީދޫއިން ކުރިޔަށް ގެންދިޔަަ ފުޓްބޯލް ފޯރީގެ ހަތަރު ނަސީބުވެރިންނާއި ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފި އެވެ.

މި ހަތަރު ފަރާތަށް ލިބެނީ ވޯލްޑްކަޕް ސެމީ ފައިނަލް މެޗެއް ބަލާލުމުގެ ފުރުސަތެވެ. އުރީދޫއިން ބުނީ އެ މީހުން ބަލާލުމަށް ހަމަޖެހިފައިވަނީ މޮރޮކޯ އާއި ފްރާންސް ބައްދަލު ކުރާ ސެމީ ފައިނަލްގެ މެޗު ކަމަށެވެ.

މި ލަކީ ޑްރޯގެ ނަސީބުވެރިން އެންމެ ފުރަތަމަ ހޮވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އެވެ. އުރީދޫއިން ބުނީ ދެވަނަ ފަހަރަށް މިއަދު ރެޑްރޯއެއް ނަގައި އިތުރު ބައިވެރިން ނަގަން ޖެހުނީ ފުރަތަމަ ގުރުއަތުން ހޮވުނު ބައެއް ފަރާތްތަކަށް ގަތަރަށް ދަތުރު ކުރެވެން ނެތިގެން ކަމަށެވެ.

މި ހާއްސަ ފުރުސަތު ލިބުނީ އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުން ކަމަށްވާ މުހައްމަދު އަބްދުލް ސައްތަރު، އަހުމަދު މައުރޫފް، އަހުމަދު ޝިހާމް އަދި ޕޯސްޓްޕެއިޑް ކަސްޓަމާ ހާފިޒް ސައީދަށެވެ.

މި މީހުންނަށް ގަތަރު ދެކޮޅު ޓިކެޓާއި ހަތަރު ދުވަހާއި ތިން ރޭގެ ހުރުމުގެ އިތުރުން ސްޓޭޑިއަމްގެ ޓިކެޓް ލިބޭނެ އެވެ. މި ހަތަރު ނަސީބުވެރިން ގަތަރުގައި ތިބޭއިރު ވޯލްޑް ކަޕްގެ ހަރަކާތްތަކުގެ އިތުރުން ދޯހާ ސިޓީގެ ރީތިކަމާއި ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ނަސީބުވެރިން ހޮވީ އުރީދޫ ސުޕާނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރި ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ކަސްޓަމަރުން ނުވަތަ އެމް-ފައިސާގެ ހިދުމަތުގެ މުއާމަލާތްކުރި މީހުންގެ މެދުގައި ގުރު ނަގައިގެންނެވެ. ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ މިދިޔަ އޮގަސްޓު ދޭކުން އޮކްޓޯބަރު 31 ގެ ނިޔަލަށެވެ.

އުރޯދޫން ބުނީ މި ޕްރޮމޯޝަނަކީ ފުޓްބޯލް ފޯރީ ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަށް އުފާވެރި އަދި ކުލަގަދަ ވޯލްޑް ކަޕް ގެ ތަޖުރިބާ އެއް ހޯދައިދިނުމުގެ މަގްސަދުގައި ފެށި ގިނަ ހަރަކާތްތަކާއި ހާއްސަ އޮފާތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށެވެ. މި ލަކީޑްރޯގެ އިތުރުން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ ބްރޭންޑް އެމްބެސެޑަރު ހަބޭސް ބޮޑުބެރުއާ އެކު ހާއްސަ ލަވައެއް ތައާރަފްކޮށްފަ އެވެ.

މީގެ އިތުރުން އުރީދޫން ވަނީ އާޓިފިޝަލް ބީޗްގައި ކުޑަކުދިންނަށް ހާއްސަ ފުޓުބޯޅައިގެ ހަވީރެއްވެސް ބާއްވާފައެވެ. ފީފާ ވޯލްޑް ކަޕް ގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، މެޗުތަކުގެ އުފާ ގިނަ ބަޔަކަށް ހޯދައިދިނުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އުރީދޫ ފަންޒޯންތައް ވެސް ވަނީ ގާއިމުކޮށްފަ އެވެ.

މުޖުތަމައުގެ ދިރިއުޅުން މުއްސަނދިކުރުމަށް އުރީދޫ މޯލްޑިވްސްގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫ މޯލްޑިވްސް އިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަޖުރިބާ ހޯދުމަށާއި ތަޖުރިބާ އިތުރުކުރުމަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް