ބްރެޒިލްގެ ފުޓުބޯޅަ ތަރި ނޭމާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.
އޭނާ ރާއްޖެ އައީ މިއަދު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނޭމާ ޗުއްޓީ ހޭދަ ކުރަމުންދަނީ ކުރަމަތި ރިސޯތުގައި އެވެ.
ނޭމާގެ އިތުރުން މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕުން ކެޓި އެ ޓީމުގެ އިތުރު ކުޅުންތެރިންތަކެއް ވަނީ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އައިސްފައި އެވެ. އޭގެ ތެރޭގައި އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ ހިމެނެ އެވެ.
އޭނާ ޗުއްޓީ ހޭދަ ކުރަނީ ނ. އަތޮޅުގައި އޮންނަ ސޮނޭވާ ޖާނީ ގައި އެވެ.
ވޯލްޑްކަޕްގައި ބްރެޒިލް ބަލިވީ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާތުންނެވެ.
ޓީމު ކެޓިޔަސް ނޭމާ ވަނީ މިފަހަރު ވޯލްޑްކަޕްގައި ރެކޯޑެއް ހަދާފައި އެވެ. އެއީ ބްރެޒިލްގެ ގައުމީ ޓީމުގައި 77 ލަނޑު ޖަހައިގެން ޕެލޭ ހެދި ރެކޯޑާ ނޭމާ ހަމަ ކުރުމެވެ.
ވޯލްޑްކަޕްގެ ކުރިން ބައެއް މީޑިއާ ރިޕޯޓްތައް ބުނި ގޮތުގައި މިއީ ނޭމާގެ ފަހު ވޯލްޑްކަޕަށް ވުން ވަރަށް އެކަށީގެންވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް