ރާއްޖޭގެ ބޮޑު ބަޔަކަށް މިރޭ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ބ އަތޮޅުން ތ. އަތޮޅާއި ދެމެދަށް ވަނީ ވައިޓް އެލާޓު ނެރެފައި އެވެ. އެލާޓު ނެރެފައިވަނީ ހަވީރު5:00 ން ރޭގަނޑު11:00 އަށެވެ.
މެޓުން ލަފާ ކުރާގޮތުގައި އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓުން ބުނީ އެ ސަރަހައްދަށް އާންމުކޮށް ވަިއ ޖެހޭނީ19 މޭލާއި24 މޭލާއިި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި40 މޭލަށް ވައިގަދަ ވާނެ ކަމަށް މެޓުން މައުލޫމާތުދެ އެވެ.
އެ އިދާރާއިން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް