ޕޮލިސް ބޯޑަށް ކުރީގެ ސީޕީ ފަސީހު އައްޔަން ކުރައްވައިފި

ފުލުހުންގެ ކަންކަން ރަނގަޅު ކުރުމަށް ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އައްޔަންކޮށްފި އެވެ. އެ ބޯޑަށް ބޭފުޅަކު އައްޔަން ކުރެއްވީ މެމްބަރު...

12 Dec 2022 | 10:34

ފުލުހުންގެ ކަންކަން ރަނގަޅު ކުރުމަށް ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު އައްޔަންކޮށްފި އެވެ.

އެ ބޯޑަށް ބޭފުޅަކު އައްޔަން ކުރެއްވީ މެމްބަރު ކަމުގެ މަގާމު ހުސްވެފައި އޮތުމުންނެވެ. ބޯޑުގައި ހުސްވެފައި އޮތީ އެ ބޯޑުގެ ރައީސްގެ މަގާމުގައި މިހާތަނަށް ހުންނެވި އަލީ ފާއިޒު އެހެން މަގާމަކަށް އައްޔަން ކުރެއްވުމުންނެވެ.

ފާއިޒު ހަމަޖެއްސެވީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަސީހު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ.

އާ މެމްބަރު ފަސީހު އަކީ ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުލުހުންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވީ 2012 އިގަ އެވެ.

ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް