ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފި

ހދ. ނޮޅިވަރަމްގައި މަރާލި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު މާލެ ގެނެސްފި އެވެ. އޭނާ މަރުވެފައި އޮއްވަ ފެނުނީ ގޭ ކޮޓަރި ތެރޭގައި އެވެ. މިދިޔަ ހޮނިހިރު ދުވަހު ހި...

12 Dec 2022 | 08:28

ހދ. ނޮޅިވަރަމްގައި މަރާލި ކަމަށް ތުހުމަތު ކުރެވޭ އުމުރުން 28 އަހަރުގެ ނިޝާމާ މުހައްމަދުގެ ހަށިގަނޑު މާލެ ގެނެސްފި އެވެ.

އޭނާ މަރުވެފައި އޮއްވަ ފެނުނީ ގޭ ކޮޓަރި ތެރޭގައި އެވެ. މިދިޔަ ހޮނިހިރު ދުވަހު ހިނގި އެ ހާދިސާގައި ނިޝާމާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރު ކުރީ އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ނިޝާމާގެ ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަށީގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ފުލުހުން ހޮނިހިރު ދުވަހު ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި12:30 ގައި މީހަކު މަރާލާފައިވާ ކަމަށް ބުނެ ކަމަށެވެ. ފުލުހުންގެ އެހީތެރިކަމާއި އެކު ނިޝާމާގެ ހަށިގަނޑު ނޮޅިވަރަމް ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ނިޝާމާގެ ފިރިމީހާ ފައިސަލަކީ އދ. ފެންފުށީ މީހެކެވެ. އެ ދުވަހު އޭނާ ވަނީ ކުއްލިގޮތަކަށް ޑޮކްޓަރަށް ދެއްކުމަށް ކަމަށްބުނެ ލޯންޗެއް ކުއްޔަށް ހިފައިގެން ކުޅުދުއްފުށީ ސިޓީއަށް ގޮސްފައި އެވެ.

ފުލުހުން ބުނީ ފައިސަލް ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އެކަމަކު ނިޝާމާ މަރާލާފައި އޮތް ކަމަށް އަދިވެސް ފުލުހުން ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް