ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން އާ ދެ ވައްތަރެއްގެ މަސްދަޅެއް ބާޒާރަށް ނެރެފި އެވެ.
މި އުފެއްދުންތައް ތައާރަފް ކޮށްދެއްވީ މަސްވެރިންގެ އެކްސްޕޯއަށް ކުރެއްވި ޒިޔާރަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި އެކްސްޕޯ އޮތީ ގދ. ފަރެސްމާތޮޑާގައި އިއްޔެ އެވެ.
މިފްކޯއިން ބުނީ އަލަށް ތަޢާރަފް ކުރި އެއް އުފެއްދުމަކީ ގިނަ ދުވަހު ހަލާކުނުވެ ހުންނަ، ވަގުތުން ބޭނުންކޮށްލެވޭ، ވަޅޯމަސް މަސްދަޅެވެ. އެ މަސްދަޅު ތައްޔާރުކޮށްފައިވަނީ އެ ކުންފުނިން އުފައްދާ ސިއްހަތައް ރަގަޅު އުފެއްދުންތަކުގެ ތެރޭގެއި ހިމަނައި ވަޅޯމަސް ޒައިތޫނި ތެލުގައި ބަންދުކޮށްގެންނެވެ.
ދެ ވަނަ އުފެއްދުމަކީ ލޮނުމެދު މަސްދަޅެވެ.
މިފްކޯއިން ވަނީ އިއްޔެގެ އެކްސްޕޯއަށް ޒިޔާރަތްކުރި މީހުންނަށް މަސްދަޅުތައް ރަހަބަލާލުމުގެ ފުރުސަތު ދީފައި އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ކަމުދިޔައީ ލޮނުމެދު މަސްދަޅު ކަމަށް މިފްކޯއިން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް