އިޓަލީގެ ކެފޭއެއްގައި ތިބި ތިން އަންހެނުން ގަޔަށް ބަޑިޖަހައި މަރާލައިފި

އިޓަލީގައި ކެފޭއެއްގެ ތެރޭގައި ތިބި ތިން އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ރޯމްގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ތިން މީހުން މަރުވުމުގެ އިތުރުން ކެފޭ...

12 Dec 2022 | 05:55

އިޓަލީގައި ކެފޭއެއްގެ ތެރޭގައި ތިބި ތިން އަންހެނެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ރޯމްގައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ތިން މީހުން މަރުވުމުގެ އިތުރުން ކެފޭގައި ތިބި އިތުރު ތިން އަންހެނަކާއި ތިން ފިރިހެނުންނަށް ބަޑީގެ ހަމަލާ އަމާޒުވެފައި އެވެ. އޭގެ ތެރެއިން ސަލާމަތް ނުކުރެވޭނެ ކަމުގެ ޔަގީންކަން އޮތީ އެކަކުގެ ކަމަށްވެ އެވެ.

މަރުވި ތިން އަންހެނުންގެ ތެރެއިން އެކަކަކީ އެގައުމުގެ ބޮޑޫވަޒީރު ޖިއޯޖިއާ މެލޯނީގެ ގާތް އެކުވެރިއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އެކުވެރިޔާ މަރުވުމުން ބޮޑުވަޒީރު ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައި އެވެ.

އެމީހުން މަރާލި މީހާ ރޯމް ފުލުހުން ވަނީ ހައްޔަރުކޮށްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފުލުހުން ގޮސް ހައްޔަރު ކުރުމުގެ ކުރިން އާންމުން ވަނީ އެމީހާއަށް ވަރަށް އަނިޔާކޮށްފައި އެވެ.

މިހާތަނަށް އެނގުނު ގޮތުގައި ބަޑި ޖެހި ފިރިހެން މީހާ ގެންގުޅުނީ ވަގަށް ނަގައިގެން ގެންގުޅުނު ބަޑިއެކެވެ. ފުލުހުން މި މައްސަލައިގަ އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް