ހަނިމާދޫ ބަނދަރުގެ ހާބާ ޕޭވްމަންޓު ހެދުމުގެ މަސައްކަތް ނިމެނީ

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެކުންފުނިން ބުނީ ހާބާ ޕޭވްމ...

12 Dec 2022 | 05:03

ހދ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމުމަކާއި ގާތް ވެއްޖެ އެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ.

އެކުންފުނިން ބުނީ ހާބާ ޕޭވްމަންޓު ހެދުމުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށް ދަނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، މިހާރު ހުރި ނެރު ފުންކުރުމުގެ މަސައްކަތާއި، ބޭރުތޮށި ލުމާއި، އެއްގަމުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި، ގްރޮއިން ޖެހުމާއި، ރޭމްޕެއް ހެދުމާއި، ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ.

މުޅި މަޝްރޫއުގެ ޖުމްލަ 93 ޕަސެންޓް މަސައްކަތްތައް ނިމިފައިވާ ކަމަށް މައުލޫމާތުދެ އެވެ.

މި މަޝްރޫޢަކީ 69.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް