އީޔޫގައި ބޭއްވި ނިއުސް ކޮންފަރެސްއެއްގައި އިޒްރޭލާ ގުޅޭ ސުވާލެއްކުރީތީ، ނޫސްވެރިއަކު ވަޒީފާއިން ވަކިކޮށްފި

ޔޫރަޕިއަން ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއިލްއާއި ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލެއް ކުރީތީ،  ވަޒީފާއިން ވަކިކޮށްފިއެވެ. ވަޒީފާއިން ވަކިކުރީ، އިޓަލީގެ ނޫސްވެރިއެއްކަމަށްވާ ރޯމ...

12 Nov 2025 | 08:03
ގަބްރިއެލް ނުންޒިއާޓީ --

ގަބްރިއެލް ނުންޒިއާޓީ --

ޔޫރަޕިއަން ޔޫނިއަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްރާއިލްއާއި ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލެއް ކުރީތީ،  ވަޒީފާއިން ވަކިކޮށްފިއެވެ.

ވަޒީފާއިން ވަކިކުރީ، އިޓަލީގެ ނޫސްވެރިއެއްކަމަށްވާ ރޯމްގެ ނޯނާ ނިއުސް އޭޖެންސީގެ ފަރާތުން ބްރަސަލްސްގައި ހުންނަ ކޮރެސްޕޮންޑެންޓް ގެބްރިއަލް ނުންޒިއާޓީއެވެ.

އޮކްޓޯބަރު 13 ގައި ބޭއްވި އީޔޫގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވަނީ ޔޫރަޕިއަން ޔޫނިއަނުން ތަކުރާރުކޮށް ރަޝިޔާއިން ޔޫކްރެއިން ބިނާކުރުމުގެ ހަރަދު ދައްކަން ޖެހޭނެކަމަށް ބުނަމުންދާތީ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ އަލުން ބިނާކުރުމުގެ މާލީ ޒިންމާ ނުނަގަންވީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ.. އޭނާ ސުވާލު އަމާޒުކުރެއްވީ ޔޫރަޕިއަން ކޮމިޝަންގެ އިސް ތަރުޖަމާނު، ޕައުލާ ޕިންހޯއާ އެވެ.

ރަޝިޔާއިން ޔޫކްރެއިން އަލުން ބިނާކުރުމަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް ޔޫރަޕިއަން ޔޫނިއަނުން ވަރަށް ގިނަ ފަހަރު ތަކުރާރުއެބަކުރޭ. އެމީހުން (އިޒްރޭލުން) ޣައްޒާގެ ހުރިހާ ސިވިލް އިންފްރާސްޓްރަކްޗާއެއް ހަލާކުކޮށްލާފައިވާއިރު، އިޒްރޭލުން ޣައްޒާ އަލުން ބިނާކުރުމަށް ފައިސާ ދައްކަން ޖެހޭނެ ކަމަށް އީޔޫއިން ގަބޫލުކުރަންތޯ

ގަބްރިއެލް ނުންޒިއާޓީ

ނުންޒިއާޓީ މި ސުވާލު ސޯސަލް މީޑިއާގައި ވައިރަލްވެ، އީޔޫއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ރައްދުވުމުން އީޔޫއިން ވަނީ އޭނާ މަސައްކަތްކުރާ އޮފީހަށް ޕްރެޝަރުކޮށްގެން ވަޒީފާ ގެއްލުވާލާފައެވެ.

'ދަ އިންޓަރސެޕްޓް' އަށް ނުންޒިއާޓީ ދީފައިވާ އިންޓަވިއުއެއްގައި ބުނީ، އޮކްޓޯބަރު 27 ގައި، ނޯވާ އޭޖެންސީން އޭނާއާ އެކު ކުރަމުންދިޔަ މަސައްކަތް ނިމުމަކަށް ގެނައުމަށް ބޭނުންވާ ކަމަށް އެ އެޖެންސީގެ މެއިލްއެއް ލިބިފައިވާކަމަށެވެ.

އޭބާ ކުރި ސުވާލަށް އީޔޫގެ ތަރުޖަމާނު ޖަވާބުދީފައި ނުވާއިރު، ހަމައެކަނި ބުނެފައިވަނީ "ތިއީ ޝައުގުވެރި ސުވާލެއް" ނޫން ކަމަށެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ހިންގާ ގަތުލުއާންމުގައި 69,000 އަށް ވުރެ ގިނަ މީހުން މަރުވެ، 170,000 އަށް ވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި މިހާރު ގަތުލުއާއްމު ހުއްޓާލިކަމަށް އިސްރާއީލުން އިއުލާންކޮށްފައި ވީ ނަމަވެސް އިސްރާއީލް ސިފައިން ދަނީ ކޮންމެ ދުވަހަކުހެން ފަލަސްތީނަށް ހަމަލާތައް ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް