އެ ފްލައިޓް ވެއްޓުނީ ޖޯޖިއާ ސަރަހައްދަކަށް - ފޮޓޯ: ރޮއިޓާސް
ރާއްޖޭ ގަޑިން ބަލަނީނަމަ އިއްޔެ އަސުރެއްހާއިރު،
ގާތްގަނޑަކަށް 03:19 ހާއިރު ތުރުކީގެ އަސްކަރިއްޔާގެ ލޮކްހީޑް ސީ 130 އީ މަރުކާގެ
ފްލައިޓް އަޒަރްބައިޖާންގެ ގަންޖާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރީ ލޮޖިސްޓިކް
މިޝަނެއް ފުރިހަމަ ކުރުމަށްފަހު އެނބުރި ޤައުމަށް ދިއުމަށެވެ.
އަޒަރުބައިޖާނުން ފުރި އެ ފްލައިޓް 3:37 ހާއިރު
ޖޯޖިއާގެ ވައިގެ ސަރަހައްދަށް ވަނެވެ. އެއަށްފަހު 24 ހާސް ފޫޓު މަތިން 3:49ގައި ރާޑަރަށް
އެ ފްލައިޓް ގެއްލުނެވެ.
ހަވީރު 04:00 ހާއިރު ޖޯޖިއާގެ އެމަޖެންސީ
ޚިދުމަތްތަކުން އެ ފްލައިޓް ވެއްޓުނު ސަރަޙައްދަށް އެޓެންޑުވިއެވެ. އެ ފްލައިޓް
ވެއްޓުނީ ޖޯޖިއާގެ ކަޚޭތީ ރީޖަނަށެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި ތުރުކީގެ
އަސްކަރިއްޔާއިން ރަސްމީކޮށް ބުނެފައިވާގޮތުގައި އެ ފްލައިޓް ވެއްޓި ހިނގި އެ ހާދިސާގައި
އެ ފްލައިޓްގައި ތިބި 20 އޮފިސަރުން ވަނީ މަރުވެފައެވެ.
ފްލައިޓްގެ ޑިސްޓްރެސް ކޯލެއް ރެކޯޑު
ކުރެވިފައިނުވާއިރު ފްލައިޓް ވެއްޓުނު ސަބަބު ދެނެގަތުމަށް ތުރުކީ އާއި އަޒަރްބައިޖާނާއި
ޖޯޖިއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް