ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދެއްކެވުން - ފޮޓޯ : ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާއި އެއްގޮތައް ސިވިލް ސާވަންޓުގެ މުސާރައަށް ހެޔޮ ބަދަލެއް ގެނުމުގެ މަސައްކަތުގެ ތެރެއިން، ގިނަ މަސައްކަތްތަކެއް ނިމިފައިވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސިވިލްސާވަންޓުން އަދި ކައުންސިލްތަކުގެ މުވައްޒަފުންނާއި، ޖުޑިޝަރީ ހިމެނޭހެން ހުރިހާ ފަރާތްތެއްގެ މުސާރަ ޕޭ ހާމަނައިޒް ކުރެވި ޕޭޕްރޭމްވާރކުގެ ތެރެއަށް ގެންދިޔުމަށް ފެށިފައިވާ ކަމަށެވެ.
މިއަދާ ހަމަޔަށް އައިއިރުގައި ސިވިލްސަރވިސްއާއި ކައުންސިލް ތަކުގެ މުވައްޒަފުންނާ، ޖުޑިޝަރީ ހިމެނޭހެން ހުރިހާ ފަރާތްތަކެއްގެ މުސާރަ ޕޭ ހާމަނައިޒް ކުރެވި ޕޭފްރޭމްވާރކުގެ ތެރެޔަށް ގެންދިޔުމަށް އެވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ މީގެ ސަބަބުން މުވައްޒަފުންގެ މުސާރަޔަށް ހެޔޮބަދަލެއް، މިމަހު މުސާރަ ލިބޭއިރު ފެނިގެންދާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ސިވިލް ސާވަންޓުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދު ފުޅެކެެވެ.
މި ސަރުކާރުން ބައެއް ދާއިރާތަކުގެ މުސާރަ ވަނީ މިހާރު ބޮޑު ކޮށްދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް