ރައީސް ޑރ. މުއިއްޒު، ނޭޕާލުގެ ރައީސް އާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދްރަ ޕޯޑެލްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންދެވީ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސ...

12 Nov 2024 | 17:21

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ރައީސް ރައިޓް އޮނަރަބަލް ރާމްޗަންދްރަ ޕޯޑެލްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންދެވީ 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދެކުނު އޭޝިއާގެ އަވައްޓެރި ޤައުމުތަކުގެތެރެއިން ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު އޮތް ބަދަހި ގުޅުން ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާގައި އިތުރަށް އެއްބާރުލުންދީ އެ ގުޅުން ހަރުދަނާކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެއްބާރުލުން ދެއްވުމާމެދު، މިބައްދަލުކުރެއްވުމުގައި ދެ ލީޑަރުން ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކޮޕް29 ގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނޭ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ކުރިއަށް ދިއުމާއެކު، ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުވައިލައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް