އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އަކީ މުސްކުޅިއެއް ނޫންކަމަށާއި މެސީ އަކީ އަދިވެސް ޒުވާނެއް ކަމަށް އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
ސްކަލޯނީ މިފަދައިން ބުނެފައިވަނީ ރޮނާލްޑޯގެ ސަޕޯޓަރުން، މެސީ އަކީ މިހާރު މުސްކުޅިއެއް ކަމަށް ބުނަމުންދިޔަ ބުނުމަށް ރައްދު ދެންވަމުންނެވެ.
ސްކަލޯނީ ބުނީ މެސީ މުސްކުޅިއެކޭ ބުނާނީ ހަމަބުއްދި ފިލާފައި ތިބި ބައެއް ކަމަށާއި ހަމަހޭގައި ތިބި މީހުންނަމަ މެސީ އަކީ މުސްކުޅިއެއް ކަމަށް ނުބުނާނެވެ.
ސްކަލޯނީ ބުނީ އޭނާ މެސީ މުސްކުޅިނުވާކަމަށް ބުނަނީ އަދި ވެސް ފުޓޫބޯޅައިގައި އެންމެ އުހުގައި އުޅޭ ކުޅުންތެރިއަކީ މެސީއަށް ވުމުން ކަމަށާއި މިއަދުގެ ޒުވާނުންނާއި އެއްފެން ވަރަކަށް އަދިވެސް މޮޅު ކުޅުން މެސީ ކުޅޭތީ ކަމަށެވެ.
"މެސީ އަކީ މުސްކުޅިއެއް ނޫން. މެސީ މުސްކުޅިއޭ އެ ބުނަނީ ހަމަބުއްދި ފިލާފައި ތިބި ބައެއް. ހަމަބުއްދި ހުރި ބަޔަކުނަމަ މެސީ އަކީ މުސްކުޅިއެއް ކަމަށް ނުބުނާނެ." ސްކަލޯނީ ބުންޏެވެ.
މެސީ އަކީ ދުނިޔޭގައި އަދިވެސް ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. މިހާތަނަށް އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅޫންތެރިޔާގެ މަގާމު ހޯދައިވާ މެސީ އަކީ އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަން ވެސް މެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް